ބޭންކް އޮފް މޯލްޑިވްސް

އޮޑިޓަށް ބީއެމްއެލްގެ ގޮފިތައް ބަންދުކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އޮޑިޓަށް އެ ބޭންކްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހަތަރު ދުވަހަށް ބަންދުކުރަން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ އަހަރީ ހިސާބުތައް ނިންމުމަށް މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުން ފެށިގެން ބޭންކްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ބަންދުވާނެ ކަމަށެވެ.

ބޭންކްގެ ބްރާންޗްތައް އަލުން ހުޅުވާނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ.

އޮޑިޓަށް ބޭންކްގެ ބްރާންޗްތައް ބަންދުކުރި ނަމަވެސް ބޭންކްގެ ސެލްފް ސާވިސް އޭޓީއެމްތަކާއި އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ހިދުމަތްތައް ހޯދޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ބޭންކްގެ ކޮންޓެކްޓް ސެންޓަރުގެ 3330200 ނަންބަރުން ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެ އެވެ.