އިލެކްޝަންސް ކޮމިޝަން

ހަތް ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފި

Dec 29, 2022

ހަތް ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފި އެވެ.

ޕާޓީތައް ޖޫރިމަނާކުރީ މާލީ ރިޕޯޓް ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި ރިޕޯޓް ހުށަހަޅާފައި ނުވާތީ އެވެ.

ޖޫރިމަނާ ދައްކަންޖެހޭ ޕާޓީތައް

  • ޑީއާރްޕީ
  • އެމްއާރުއެމް
  • އަދާލަތު ޕާޓީ
  • އެމްއެންޕީ
  • ޕީއެންސީ
  • އެމްޓީޑީ
  • އެމްއެލްއެސްޑީޕީ

ޖޫރިމަނާކުރި ޕާޓީ ތަކުގެ ތެރޭގައި އުވާލަން ނިންމާފައިވާ ޕާޓީތައް ވެސް ހިމެނެ އެވެ.

ޕާޓީތައް ޖޫރިމަނާކޮށްފައިވަނީ ކޮންމެ ޕާޓީއެއް ވެސް 20،000 ރުފިޔާ އިންނެވެ.

ޕާޓީތަކުގެ މާލީ ރިޕޯޓް އަހަރަކު އެއް ފަހަރު ވަކި މުއްދަތަކު ހުށަހަޅަންޖެހެ އެވެ.

މާލީ ރިޕޯޓް ހުށަހަޅާފައި ނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެކުރިންވެސް ބައެއް ޕާޓީތައް ޖޫރިމަނާކޮށް ދައުލަތުން ބައެއް ޕާޓީތަކަށް ދޭ ފައިސާ ވެސް ހުއްޓުވާފަ އެވެ.