ހަބަރު

ފެމިލީ ކޯޓުގެ ގާޒީ އިބްރާހީމް އަލީ ކްރިމިނަލް ކޯޓަށް ބަދަލުކުރަނީ

އާއިލާއާބެހޭ ކޯޓުގެ ގާޒީ އިބްރާހިމް އަލީ ކްރިމިނަލް ކޯޓަށް ބަދަލުކުރަން ނިންމައިފިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން ގާޒީ އިބްރާހިމް ބަދަލުކުރަން ނިންމީ، އިބްރާހީމް އަލީ ކްރިމިނަލް ކޯޓަށް ބަދަލު ކުރީ އަމިއްލައަށް އެދިގެންނެވެ.

ގާޒީ އިބްރާހިމް އަލީ ކްރިމިނަލް ކޯޓަށް ނިކުމެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ގާޒީ އިބްރާހިމް ކްރިމިނަލް ކޯޓަށް ބަދަލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާއިރު ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން ޖޭއެސްސީ އިން ވަނީ އިއުލާންކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގައި ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އަބްދުﷲ ދީދީ އާއި ޝުޖާއު އުސްމާނު ވަނީ ހައި ކޯޓު ފަނޑިޔާރު ކަމަށް ބަދަލުކޮށްފަ އެވެ. ކްރިމިނަލް ކޯޓުގެ އިތުރުން ސިވިލް ކޯޓާއި ހައި ކޯޓަށް ވެސް ފަނޑިޔާރުން ހޯދުމަށް ވަނީ އިއުލާންކޮށްފަ އެވެ.