ބޮލީވުޑް

ތާރާ އާއި އާދާރްގެ ލޯބީގެ ގުޅުން ނިމުމަކަށް

ބަތަލާ ތާރާ ސުތާރިއާ އާއި އާދަރް ޖެއިންގެ ލޯބީގައި ނިމުމުގެ ސިއްކަ ޖެހިއްޖެ އެވެ.

ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ އާދާރް އަކީ ރާޖް ކަޕޫރަށް ކާފަ ކިޔާ މީހެކެވެ. ކަޕޫރު އާއިލާގެ މެމްބަރެކެވެ. ރަންބީރު، ކަރީނާ އަދި ކަރިޝްމާ ފަދަ އެކްޓަރުންގެ ދެބެންގެ ދެދަރި ކޮއްކޮ އެކެވެ.

އެހެން ގިނަ ބަތަލާއިން ގޮތަށް އާދާރް އާއި އޭނާގެ ލޯބީގެ ގުޅުން ސިއްރުކުރާކަށް ތާރާ މަސައްކަތް ކޮށްފައެއް ނުވެ އެވެ.

އޭނާ 2019ގައި މިކަން އިއުލާންކުރީ ވެސް އަމިއްލައަށެވެ.

ތާރާ ބުނި ގޮތުގައި މީހަކު ދެކެ ލޯބިވާކަން އެހެން މީހުންނަށް އެނގުމަކީ އޭނާގެ ނަޒަރުގައި ގޯސް ކަމެއް ނޫނެވެ. އެހެންވެ އޭނާ އާއި އާދާރްގެ ލޯބި ވެސް ސިއްރު ނުކުރީ އެވެ. އަދި ކަޕޫރު އާއިލާގެ ޕާޓީތަކުންނާއި ހަފްލާ ތަކުން ތާރާ އަބަދުވެސް ފެންނަމުން ދިޔަ އެވެ. ނަމަވެސް އާ އަހަރަކަށް އަލި ވިލުނުއިރު ދެ މީހުންގެ ގުޅުން ވަނީ "އެކުވެރިކަމަށް" ބަދަލުވެ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އާދަރް އާއި ތާރާގެ ލޯބީގެ ގުޅުން ވަނީ ކެނޑިފަ އެވެ. މިއީ ދެ މީހުން ވާހަކަ ދައްކައިގެން އެއްބަސްވެގެން ނިންމި ނިންމުމެއް ކަމަށާއި ލޯބީގެ ގުޅުން ނެތަސް އެކުވެރިންގެ ގޮތުގައި ތިބެން އެ ދެމީހުން އެއްބަސްވެފައިވާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

ތާރާގެ ފިލްމީ ކެރިއަރަށް ބަލާއިރު އެންމެ ފަހުން ރިލީޒްކޮށްފައިވާ އޭނާގެ ފިލްމު "އޭކް ވިލަން 2"އަށް ބެލުންތެރިން ބޮޑު ތަރުހީބެއް ދީފައި ވެއެވެ.

ޑައިރެކްޓަރު މޯހިތު ސޫރީގެ މި ފިލްމުގައި ތާރާ ކުޅެފައިވަނީ އަރްޖުން ކަޕޫރުގެ ލޯބިވެރިޔާގެ ރޯލެވެ.

ތާރާ ދެން އެންމެ އަވަހަށް ފެންނާނީ "އަޕޫރްވާ" އިންނެވެ. މިއީ ނިކިލް ނާގޭޝް ބަޓް ޑައިރެކްޓްކުރާ ތުރިލާ އެކެވެ.