ބޮލީވުޑް

ބިގް ބޮސް މިފަހަރު ކާމިޔާބު ކުރީ ޕްރިންސް ނަރޫލާ

Jan 24, 2016

ކަލާޒް ޗެނަލުން ކޮންމެ އަހަރަކު ދައްކަމުން އަންނަ ސެލެބްރިޓީ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ މިއަހަރުގެ ސީޒަން އެމްޓީވީ ސްޕްލިޓްސްވިލާއިން ވިދާލީ ޕްރިންސް ނަރޫލާ ކާމިޔާބުކޮށްފި އެވެ.

"ބިގް ބޮސް 9" ގެ އެއްވަނަ ޕްރިންސް ކާމިޔާބުކޮށްފައިވަނީ ރިޝަބް ސިންހާ އާއި މަންދަނާ ކަރީމީ އަދި ރޮޝެލް ރާއޯ ކަޓުވާލުމަށްފަހު އެވެ.

މިސީޒަންގެ ވިނާއަކަށް ޕްރިންސް ހޮވިފައިވަނީ ފައިނަލްގައި ވާދަކުރި ހަތަރު ބައިވެރިންގެ ތެރެއިން އެންމެ ގިނަ އާންމުންގެ ވޯޓު ލިބިގެންނެވެ. ޕަރިންނަށް އެއްވަނަ ލިބުނު އިރު ދެވަނަ ލިބިފައިވަނީ ރިޝަބް އަށެވެ. އަދި ތިންވަަ ލިބިފައިވަނީ މަންދަނާ އަށެވެ.

އެއްވަނަ އިނާމަކަށް ޓްރޮފީ އާއި 35 ލައްކަ ރުޕީޒްގެ ފައިސާގެ އިނާމު ޕްރިންސަށް ވަނީ ލިބިފައިވާއިރު މިއީ ޖެހިޖެހިގެން ތިން ރިއަލިޓީ ޝޯއެއް އޭނާ ކާމިޔާބު ކުރި ފަހަރުވެސްމެ އެވެ.

ކޮންމެ އަހަރެއްގައި ވެސް މުޅިން އާ ތީމަކާއި އެކު ކުރިއަށް ގެންދާ "ބިގް ބޮސް'ގެ މިއަހަރުގެ ސީޒަންގެ ތީމަކީ ޑަބަލް ޓްރަބްލް އެވެ. އަދި އެހެން އަހަރުތަކެކޭ އެއްގޮތަށް މިސީޒަނުގައި ވެސް ބައިވެރިން ތިން މަސް ދުވަހަށް ވުރެން ގިނަ ދުވަހު އެއް ގެއެއްގެ ތެރޭގައި ބަންދުވެފައ ތިބިއިރު، އެކި ޓާސްކްތަކުގެ މައްސަލައިގައި އަރާރުން ވުމާއި ތަޅާފޮޅުން ވަނީ ފެނިގެން ގޮސްފަ އެވެ.

މިސީޒަނުގެ ގްރޭންޑް ފިނާލޭގައި ބައިވެރިންގެ ހިތްގައިމު ހަރަކާތްތައް ފެނިގެން ގޮސްފައިވާއިރު، ހޮސްޓް ސަލްމާން ޚާންގެ ހާއްސަ ނެށުމުގެ ހުޑަހެޅުމެއް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

މީގެއިތުރުން ވެސް ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް ވަނީ އަންނަ މަހުގައި ރިލީޒްކުރާ އޭނާގެ ފިލްމު "ފިތޫރް" ޕްރޮމޯޓްކުރުމަށް ފައިނަލް އެޕިސޯޑްގައި ބައިވެރިވެފަ އެވެ. ކެޓްރީނާ އާއެކު އޭނާގެ ކޯސްޓާރުން ކަމަށްވާ އަދިތްޔަ ރޯއި ކަޕޫރާއި ތާބޫ އަދި މިފިލްމުގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރު ވެސް ވަނީ ބައިވެރިވެފަ އެވެ.