ހަބަރު

ޑިފެންސުން ހަރަދު ކުރާ ގޮތާ މެދު އިތުބާރު ބޮޑު: މިނިސްޓަރު

މިހާތަނަށް ޑިފެންސް މިނިސްޓްރީ އާ ބެހޭ ގޮތުން ހަދާފައި ހުރި އޮޑިޓް ރިޕޯޓުތައް ވަރަށް ސައްހަ ކަމަށާއި އޭގެ ސަބަބުން އެމިނިސްޓްރީ އަށް އޮންނަ އިތުބާރު ބޮޑުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ މާލިއްޔަތު ގާނޫނާއި ގަވާއިދަށް އެމްއެންޑީއެފްއާއި ޑިފެންސް މިނިސްޓްރީ އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒިފުން އަހުލުވެރިކުރުވުމަށް މިއަދު ބޭއްވި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަދައްކަދައްކަވަމުން ޝަރީފު ވިދާޅުވީ ގައުމެއްގެ ތިޖޫރީއިން ދޫކުރާ ފައިސާ އިން ހަރަދުކޮށްގެން ނިކުންނަ ނަތީޖާތަކާއި އެ އާމްދަނީ ބޭނުން ކުރުމުގައި އުފެދިފައި ހުރި ނިޒާމްތަކަށް ގެއްލުން ނުލިބޭގޮތައް މަސައްކަތް ކުރެވޭ ކަން ކަށަވަރު ކުރުމަށް އޮޑިޓު ރިޕޯޓެއް ހެދުން މުހިންމު ކަމަށެވެ. އަދި އެކަން ކުރިޔަށް ގެންދިޔުމުގައި މިނިސްޓްރީ އަށް އޮޑިޓާ ޖެނަރަލް އޮފީހުން އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުން ދެމުންގެންދާ ކަމަށް ޝަރީފު ވިދާޅުވި އެވެ.

އެގޮތުން މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާ އިރު އޮޑިޓް އޮފީހުން ޑިފެންސް މިނިސްޓްރީގެ ހަދާފައި ހުރި އޮޑިޓު ތަކަކީ ވަރަށް ސައްހަކަން ބޮޑު ރިޕޯޓުތަކެއް ކަމަށް ޝަރީފު ވިދާޅުވި އެވެ. 

"މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ރީތި ނަމެއް. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު އިތުބާރެއް ލިބިގެންދާ ކަމެއް ކަމަށް އަޅުގަނޑު ދެކެން،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު އިތުރަށް ވިދާޅުވީ ގޮތުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ވަރަށް ބޮޑަށް ރައްކާތެރި ވާން ޖެހޭ ކަމަށާއި އެނިޒާމަށް ފުރިހަމަށް ކަމޭހިތުމުން ނޫނީ ފައިދާ ކުރަނިވި ގޮތަކަށެއް މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.