ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓަށް ދެ ގާޒީން ހޯދަނީ

Jan 10, 2023

ކްރިމިނަލް ކޯޓަށް ދެ ގާޒީން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.

މި މަގާމަށް ޝަައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 12:00 ހަމައަށެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާއާއި، ލިވިން އެލަވަންސަށް މަހަކު 15،000 ރުފިޔާއާއި ރިސްކް އެލަވަންސަށް މަހަކު 3،300 ރުފިޔާ ލިބޭނެ އެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެލްތު އިންޝުއަރެންސް ލިބޭނެ އެެވެ.

ކްރިމިނަލް ކޯޓުގައި މިވަގުތު ގާޒީންގެ ގޮތުގައި މަސައްކަތް ކުރައްވަނީ ޖުމްލަ ނުވަ ބޭފުޅުންނެވެ.