އެޗްޕީއޭ

ލޮލުރޯގާ އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި

ލޮލުރޯގާ ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ލޮލުރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ބަލީގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ.

ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާ ވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށާއި، ލޮލުރޯގާ ޖެހިގެން ލޮލަށް އަޅާ ބޭސް ބަލި ނެތް މީހަކު ބޭނުން ނުކުރުމަށްވެސް އެޗްޕީއޭއިން އިރުޝާދު ދީފައިވެ އެވެ.

https://twitter.com/HPA_MV/status/1612724731463233536

ތަފާތު ވައްތަރުގެ ބެކްޓީރިއާ އަދި ވައިރަސްގެ ސަބަބުން ޖެހޭ މިބަލީގެ އަލާމާތް ތަކުގެ ތެރޭގައި ހުން އައުން، ލޮލުން ފެން އައުން، ލޯ ހިރުވުން، ލޯ ރަތްވުން އަދި ލޮލުގައި މަޑުލުން ހިމެނެ އެވެ.

މި ބަލިން ރައްކާތެރިކަން ހޯދަން ކުރެވިދާނެ ކަންކަމުގެ ތެރޭގައި ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމާއި އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުމާއި ލޮލުގައި އަތްލުމާއި އުނގުޅުމުން ދުރުހެލިވުމާއި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން ހިމެނެ އެވެ.