ޒަކާތް

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 91 މިލިއަން ރުފިޔާ

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 91.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ -- މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި 2021 ވަނަ އަހަރުވެސް 91.5 މިލިއަން ރުފިޔާ ލިބުނެވެ،

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު އެންމެ ބޮޑު އަދަދެއް ލިބުނީ އެޕްރީލް މަހު އެވެ. އެ މަހު މުދަލު ޒަކާތުގެ ގޮތުގައި 22.5 މިލިއަން ރުފިޔާ ލިބުނެވެ.

ނަންބަރުތަކުން މުދަލު ޒަކާތް:

  • ޖެނުއަރީ - ހަތް މިލިއަން ރުފިޔާ
  • ފެބްރުއަރީ - 2.9 މިލިއަން ރުފިޔާ
  • މާޗް - 5.9 މިލިއަން ރުފިޔާ
  • އެޕްރީލް - 22.5 މިލިއަން ރުފިޔާ
  • މޭ - 4.5 މިލިއަން ރުފިޔާ
  • ޖޫން - 6.3 މިލިއަން ރުފިޔާ
  • ޖުލައި - 4.1 މިލިއަން ރުފިޔާ
  • އޮގަސްޓް - 10.6 މިލިއަން ރުފިޔާ
  • ސެޕްޓެމްބަރު - 9.1 މިލިއަން ރުފިޔާ
  • އޮކްޓޫބަރު - 3.2 މިލިއަން ރުފިޔާ
  • ނޮވެމްބަރު - 4.9 މިލިއަން ރުފިޔާ
  • ޑިސެމްބަރު - 9.9 މިލިއަން ރުފިޔާ

މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާއަށް ގޮސްގެން ވެސް މުދަލުގެ ޒަކާތް ދެއްކެ އެވެ. މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.

މުދަލު ޒަކާތް ވާޖިބުވާ ނިސޯބު ކަނޑައަޅަނީ މިނިސްޓްރީންނެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަކީ 5،777.45 ރުފިޔާ އެވެ.

ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިން ކަނޑައެޅުމުން އެ އަގުތަކަށް ބަލައިގެންނެވެ.