ބޮލީވުޑް

ރުޅިވި ފަހުން ރަންބީރާއި ކެޓްރީނާ "ޖައްގާ ޖާސޫސް"ގެ ޝޫޓިންއަށް

Jan 25, 2016

މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް ރުޅިވި ފަހުން މިވާހަކަތަކަށް ހުއްޓުމެއް ނާދެ އެވެ.

މިދެތަރިން ކައިވެނުކުރާނެ އިރެއްގެ އިންތިޒާރުގައި ތިއްބައި ދެތަރިންގެ ލޯބީގައި ސިއްކަ ޖެހުމުން ގިނަބަޔަކަށް ލިބުނީ ބޮޑު ޝޮކެކެވެ. ރަންބީރާއި ކެޓްރީނާ ރުޅިވިފަހުން މިދެތަރިން މިކަމާއި ގުޅިގެން އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު ކެޓްރީނާ ވަރަށް ބުރަކޮށް އުޅެނީ އަންނަ މަހުގައި ރިލީޒްވާ އޭނާގެ ފިލްމު "ފިތޫރް"ގެ ޕްރޮމޯޓްކުރުމުގެ މަސައްކަތުގަ އެވެ.

ހައަހަރުވީ ލޯބި ނިމުމަކަށް މިދެތަރިން ގެނައި ހިސާބުން ރަންބީރު އެއްވެސް ގޮތަކަށް މީޑިއާއަށް ފެނިފައިނުވާއިރު، މިދެތަރިން ކުޅެމުން އައި ފިލްމު "ޖައްގާ ޖާސޫސް" އަށް ވަނީ ކިހިނެއްތޯ މިއީ އެންމެ ގިނަބައެއްގެ ހިތުގައި އުފެދިފައި އޮތް ސުވާލެވެ.

ރަންބީރާއި ކެޓްރީނާ ރުޅިވުމުން، މިމަހުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައި އޮތް މިފިލްމުގައި ފަހު ޝެޑިއުލްގެ މަސައްކަތުގައި މިދެތަރިން ބައިވެރިނުވާ ކަމުގެ އަޑުތަކެއްވެސް ވަނީ އަރާފަ އެވެ.

މިދެތަރިން ރުޅިވުމުން މުއްދަތެއް ނެތް ގޮތަށް "ޖައްގާ ޖާސޫސް"ގެ ޝޫޓިން މެދުކަނޑާލާފައިވާ ކަމުގެ ވާހަކަތައް ދެކެވެމުން އަންނަނިކޮށް ރަންބީރާއި ކެޓްރީނާ ވަނީ ހުކުރު ދުވަހު މިފިލްމުގެ ފަހު ޝެޑިއުލްގެ މަސައްކަތް ފަށާފަ އެވެ.

އަނޫރާގް ބަސޫ ޑައިރެކްޓްކޮށް، ރަންބީރު އާއި އަނޫރާގް ޕްރޮޑިއުސްކޮށްފައިވާ މިިފިލްމުގެ ޝޫޓިން ރަންބީރާއި ކެޓްރީނާ ފެށި ދުވަހު ވަނީ އެމީހުންގެ ފޭނުންނާއެކު ވަކި ވަކިން ނަގާފައިވާ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
\
މިދިޔަ ހަފްތާގެ ތެރޭގައި ރަންބީރު ވަނީ ވަކިން ވެސް މިފިލްމުގެ މަންޒަރުތަކެއް ނަގާފަ އެވެ.

ދެފަހަރެއްގެ މަތިން މިފިލްމުގެ ރިލީޒްކުރާ ދުވަސް ލަސްކޮށްފައިވާއިރު، މިހާރު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ތިން ވަނަ ދުވަހު އެވެ.

"ޖައްގާ ޖާސޫސް" އަކީ ފުރާވަރުގެ އުމުރުގެ ޑިޓެކްޓިވް އަކު އޭނާގެ ބައްޕަ ގެއްލިގެން ހޯދަންކުރާ މަސައްކަތެވެ. އޭނާގެ މިމަސައްކަތުގައި ކެޓްރީނާ އެހީތެރިވާތަން ފެނިގެންދާނެ އެވެ.