ފިނިޕޭޖް

"ފިނިއަސް އެންޑް ފާބް" އަލުން ދައްކަނީ

ކުޑަކުދިންގެ ކާޓޫނެއް ކަމުގައިވާ "ފިނިއަސް އެންޑް ފާބް" އަލުން ދައްކަނީ އެވެ.

ޑިޒްނީ ޗެނަލްގައި 2008 އިން 2015 ވަނަ އަހަރާ ހަމައަށް ދެއްކި މި ކާޓޫނު ރިވައިވް ކުރުމަށްޓަކައި، ޑިޒްނީ އާއި މި ކާޓޫނުގެ ކްރިއޭޓާ ޑޭން ޕަވެންމައިޔާއާ ދެމެދު 40 އެޕިސޯޑްގެ ޑީލެއް ވަނީ ހަދާފަ އެވެ.

މި ކޮންޓްރެކްޓްގެ ދަށުން، އެނިމޭޓަޑް ސުޕާހީރޯ ސީރީޒް "ހެމްސްޓާ އެންޑް ގްރޭޓެލް"ގެ ދެވަނަ ސީޒަން އާއި މުސްތަގްބަލުގައި ހަދާނެ ލައިވް އެކްޝަން ޕްރޮޖެކްޓްތަކެއް ވެސް ހިމެނެ އެވެ.

"ފިނިއަސް އެންޑް ފާބް" ކާޓޫނަކީ ފަސް އެމީ އެވޯޑް ލިބިފައިވާ ޝޯއެކެވެ. މީގެން ފެންނަނީ ދެ ސްޓެޕްބްރަދާސް އެމީހުންގެ ފޫހިފިލުވުމަށް ސަމަ ވެކޭޝަންގައި އެކި އެއްޗެހި ބެނުންކޮށްގެން ތަފާތު ޕްރޮޖެކްޓްތައް ހަދާ ތަނެވެ.

މި ދެބެންގެ ދައްތަ ކެންޑިސް ހުންނަނީ އެމީހުންގެ ކަންތައްތަކާ ރުޅިގަދަވެފަ އެވެ.

މި ސީރީޒް އަށް "ފިނިއަސް އެންޑް ފާބް ދަ މޫވީސް"ގެ ނަމުގައި ފިލްމެއް ވެސް ހަދާފައިވެ އެވެ.