ކަނޑުމަތީގެ ހާދިސާ

މުދަލާއެކު ސ. ފޭދޫއިން ފުރި ބޯޓެއް ހުޅުމީދޫ ނެރަށް އަރައިފި

އައްޑޫ ސިޓީ ފޭދޫ އިން ފުރައްިގެން ދިޔަ "ސައުތުލައިން" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓެއް ހުޅުމީދޫ ނެރަށް އަރައި ގެއްލުން ވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ރޭ ގާތްގަނޑަކަށް 11:40 އެހާކަންހާ އިރު އައްޑޫ ސިޓީ ހުޅުމީދޫ ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި އެރަށު ނެރުކަށީގެ ވާތްފަރާތަށް އަރައި ދިޔަވާން ފަށައިފަވާ ކަމަށާއި އެގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް މި މައުލޫމާތު ލިބުމާއެކު ފޭދޫ ފަޔަރ ސްޓޭޝަންގެ ފަޔާމަނުންނާއި ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.

މި ހާދިސާގައި ހުޅުމީދޫ ނެރުމައްޗަށް އެރުމާގުޅިގެން އެ ބޯޓުގެ ވާތް ފަރާތުން މަޑުލެއްވަނީ ނެއްޓިފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި ބޯޓަށް ދިޔަ ވާތީ ރޭ ގާތްގަނޑަކަށް 12:40 އިން ފެށިގެން އަންނަނީ ޕަމްޕު ޖައްސައިގެން ފެން ހިއްކުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ހުޅުމީދޫ ކައުންސިލާ ގުޅޭގޮތް ވަނީ ނުވެފަ އެވެ.