މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ ނައިބު ރައީސަކަށް ފަޒީން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މުހައްމަދު ފަޒީން ހަމަޖައްސައިފި އެވެ.

ބްރޯޑްކޮމްގެ ނައިބު ރައީސް ކަމަށް ފަޒީން އައްޔަންކުރީ ކޮމިޝަންގެ މެންބަރުކަމުން އަހުމަދު ގައިސް އިސްތިއުފާ ދިނުމުންނެވެ.

ކޮމިޝަންގެ މެންބަރު ކަމަށް ފަޒީން އައްޔަންކުރީ މާޗް ހަތެއް، 2021ގަ އެވެ.

ފަޒީން ވަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށް، ހޮޓެލް އޮޕަރޭޝަންސްގެ ދާއިރާއިން ވެސް ތައުލީމު ހާސިލުކޮށްފަ އެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ފަޒީން ފުރަތަމަ މަސައްކަތްކުރީ 2012ވަނަ އަހަރު އެވެ. ފަޒީން ވަނީ ބައެއް ނޫސްތަކުގައި މަސައްކަތްކޮށްފަ އެވެ.

ބްރޯޑްކޮމްއަކީ ހަތް މެމްބަރުން ތިއްބަވާ ކޮމިޝަނެކެވެ. ކޮމިޝަންގެ ރައީސްއަކީ މަރިޔަމް ވަހީދާ އެވެ. ނައިބު ރައީސްއަކީ މުހައްމަދު ފަޒީން އެވެ. އެ ކޮމިޝަންގެ މެންބަރުންނަކީ އަމްޖަދު ވަހީދު، އަލީ ޔޫސުފް އަދި އާމިނަތު އަމީނާގެ އިތުރުން ޝިފްލާ އިބްރާހީމް އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.