އެމްއެންޑީއެފް

ސިފައިންނާބެހޭ ދޮގު ހަބަރު ފަތުރާ މީހުނަށް ފިޔަވަޅު އަޅާނަން: އެމްއެންޑީއެފް

Jan 25, 2016

ސޯޝަލް މީޑިއާގައި ސިފައިންނާބެހޭ ގޮތުން ދޮގު ހަބަރު ފަތުރާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި އެމްއެންޑީއެފާއި ގުޅޭގޮތުން ދޮގު ހަބަރު ފަތުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ ހަބަރުތަކަކީ ރައްޔިތުންގެ މެދުގައި ސިފައިންނާމެދު ނަފުރަތުކަން އުފެއްދުމަށް ކުރަމުންގެންދާ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

މީގެ އިތުރުން ބުނެފައި ވަނީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅުއަޅާނެ ކަމަށެވެ.

މި ބަޔާން ނެރުނު އިރު ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް 500،000 ޑޮލަރުގެ ޗެކެއް ޖަމާކުރި ކަމަށް ބުނެ އޭގެ ފޮޓޯކޮޕީއެއް އެޓޭޗް ކޮށްފައިވާ ލީފްލެޓެއް އެމްއެންޑީއެފްގެ ތެރެއަށް އަޅާފައިވާ ކަމަށް ވަނީ ހަބަރުތައް ފެތުރިފައެވެ.