ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)

މިއަހަރުގެ މެރިން އެކްސްޕޯގައި 36 އެގްޒިބިޓަރުން

Jan 21, 2023

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯގައި މިއަހަރު 36 އެގްޒިބިޓަރުން ބައިވެރިވެއްޖެ އެވެ.

މިފަހަރުގެ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ.

އެކްސްޕޯ އޮންނާނީ މާޗް 15 އިން 18އަށް ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 11:00އަށެވެ.

ސަފާރީ އާއި ޔޮޓުގެ އިތުރުން ވޯޓާ ސްޕޯޓްސްއާ ގުޅުންހުރި އުފެއްދުންތައް މި އެކްސްޕޯގައި ދައްކާލާނެ އެވެ.

މެރިން އެކްސްޕޯ ބާއްވަން ފެށީ 2014ވަނަ އަހަރުން ފެށިގެންނެވެ. މިއަހަރު ބާއްވަނީ އަށްވަނަ މެރިން އެކްސްޕޯ އެވެ.

މެރިން އެކްސްޕޯ އަކީ ރާއްޖޭގެ ކަނޑުގެ އުޅަނދުތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ފެއާ އެވެ.