ދީން

އަންނަ ރޯދަ މަހު ސަލަފުން ގިނަ ދީނީ ޕްރޮގްރާމްތަކެއް ހަަދަނީ

Jan 25, 2016

ސަލަފު ޖަމިއްޔާއިން އަންނަ ރޯދަ މަހު ދީނީ ޕްރޮގްރާމުތަކެއް ކުރިޔަށް ގެންދަން ނިންމައިފި އެވެ.

އެ ޖަމިއްޔާއިން ބުނީ މިއަހަރުގެ ރޯދަ މަހު ގިނަ ޕްރޮގްރާމުތަކެއް ކުރިޔަށް ގެންދަނީ އެފަދަ ހަރަކާތް ހިންގާނެ ވަސީލަތްތައް ސަލަފް ޖަމިއްޔާގައި އިތުރުވެ އިލްމުވެރިން ވެސް އިތުރުވެފައިވާތީ ކަމަށާއި އަންނަ ރޯދަ މަހުގައި ޓީވީ ޕްރޮގްރާމުތައް ގިނަކުރުމަށް ސަލަފުން ނިންމާފައިވާއިރު ބައެއް ޕްރޮގްރާމުތަކުގެ ވީޑިއޯ މިހާރު ވެސް ނިމިފައިވާ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ އެކި ޓީވީ ސްޓޭޝަންތަކަށް ޕްރޮގްރާމުތައް ހަދައިދީ، މިފަހަރުގެ ރޯދަ މަހު ރެކޯޑު އަދަދަކަށް ޕްރޮގްރާމުތައް ދައްކާނެ ކަމަށާއި ޓީވީ ރޭޑިއޯ ޕްރޮގްރާމްތަކުގެ އިތުރުން އެކި ރަށްރަށުގައި ދޭ ދަރުސްތަކާއި، ލީފްލެޓް ބެހުމުގެ ތަފާތު ގިނަ ދީނީ ޕްރޮގްރާމުތައް ކުރިއަށްގެންދާނެ ކަމަށެވެ.