އައްޑޫ ސިޓީ

އައްޑޫ ސިޓީން ގޯތި ދޫކުރަން އިއުލާނުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫ އަދި ފޭދޫއިން ބަންޑާރަ ގޯތި ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

ހުޅުދޫއިން 2،000 އަކަފޫޓުގެ 100 ގޯތި ދޫކުރާއިރު މީދޫއިންވެސް ދޫކުރަނީ 2،000 އަކަފޫޓުގެ 100 ގޯއްޗެވެ. ފޭދޫއިން ދޫކުރަނީ 1،500 އަކަފޫޓުގެ 300 ގޯއްޗެވެ.

ކޮންމެ ރަށަކުންވެސް ގޯތިތައް ދޫކުރަނީ ދެ ކެޓަގަރީއަކުންނެވެ. އެއީ އެ ރަށެއްގެ ރައްޔިތުންގެ ކެޓަގަރީ އާއި އެހެން ރަށްތަކުގެ ރައްޔިތުންގެ ކެޓަގަރީ އެވެ.

ފޭދޫއިން ދޫކުރާ 300 ގޯތީގެ ތެރެއިން 90 ޕަސެންޓް -- 270 ގޯތި ދޫކުރަނީ ފޭދޫގެ ރައްޔިތުންނަށެވެ. އަދި 30 ގޯތި ދޫކުރަނީ ފޭދޫ ފިޔަވައި އައްޑޫގެ އެހެން ރަށްތަކުގެ ރައްޔިތުންނަށެވެ.

މީދޫ އިން ދޫކުރާ 100 ގޯތީގެ ތެރެއިން 90 ގޯތި އަދި ހުޅުދޫއިން ދޫކުރާ 90 ގޯތި ދެނީ އެ ރަށްތަކުގެ ރައްޔިތުންނަށެވެ. މީދޫއިން 10 ގޯތި އަދި ހުޅުދޫއިން 10 ގޯތި ދެނީ އެހެން ރަށްތަކުގެ ރައްޔިތުންނަށެވެ.

ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަސް ހަމަޖެހިފައިވަނީ ފެބްރުއަރީ ދެވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް އެ އަވަށެއްގެ އަވަށު އޮފީހުންނެވެ.