ބޭރު ކުޅިވަރު

ޓްރެފިކް ލައިޓެއްވެއްޓި ރޮނާލްޑީނިއޯ ސަލާމަތްވީ ކިރިޔާ

ބްރެޒިލްގެ މަޝްހޫރު ތަރި ރޮނާލްޑީނިއޯ އިންޑިޔާ އަށް ކުރަމުންދާ ދަތުރުގައި ޓްރެފިކް ލައިޓެއް ވެއްޓި އޭނާ ކިރިޔަކިރިޔާ ސަލާމަތްވެއްޖެ އެވެ.

ޓްރެފިކް ލައިޓް ވެއްޓުނީ ރޮނާލްޑީނިއޯ ދަތުރުކުރި ކާރާއި އޭނާގެ ސެކިއުރިޓީ ބަލަހައްޓުމަށް ކާރުގެ ކުރީގައި އޮތް ޕޮލިސް ޖިޕާ ދެމެދަށެވެ. މި ހާދިސާ ހިނގީ ކެރެލާ ސްޓޭޓްގެ ސްކޫލަކަށް ރޮނާލްޑޯނިއޯ ޒިޔާރަތްކުރުމަށްފަހު އެނބުރި ދާން އުޅެނިކޮށެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދާފައިވާ ބާސެލޯނާގެ ކުރީގެ ފޯވަޑް ރޮނާލްޑީނިއޯ އަކީ އިންޑިޔާގައި ފެށި ސައިޓްނަގްޖީ ފުޓްބޯޅަ މުބާރާތުގެ ޝަރަފުވެރި މެހުމާނެކެވެ. އޭނާ އިންޑިޔާ އަށް ދިޔައީ އިއްޔެ އެވެ.

ރޮނާލްޑޯނިއޯ އަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބުކޮށްދިން ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.