މޯލްޑިވްސް ޕޮލިސް ސާވިސް

15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

Jan 29, 2023

އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަނީ މާލޭގައި ދިރިއުޅޭ ތ. ދިޔަމިގިލި، އާގިސާމަންޒިލް، ޒީކް ބިންތި މުހައްމަދު ރިޔާޒު އެވެ.

ފުލުހުން ބުނީ ޒީކް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 ހާއިރު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުގެ ހަވީރު 5:00 ހާއިރު ޒީކް ގެއިން ބޭރަށް ދިޔަގޮތަށް އެނބުރި ގެއަށް ގޮސްފައި ނުވާ ކަމަށެވެ.

ޒީކް ގެއްލުނުއިރު އުޅެމުން ދިޔައީ ގ. ތޯނީއައްސޭރި ގޭގަ އެވެ.

އެންމެ ފަހުން ފެނުނުއިރު ޒީކް ހުރީ ކަޅު ޝޯލެއް އަޅައި ހިތެއްގެ ބައްޓަން ކުރަހާފައިހުރި ކަޅު ޓޮޕަކާއި އަޅި ކުލައިގެން ޖިންސެއް ލައިގެން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ޒީކްއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.