ތުލުސްދޫ

އިންޑިއާގައި ޑޮކްޓަރަށް ދައްކަން ގޮސް ހުރި ދިވެއްސެއް ގެއްލިގެން ހޯދަނީ

Jan 31, 2023

އިންޑިއާ އަށް ބޭސް ފަރުވާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަނީ ކ. ތުލުސްދޫ، ޕަރިސްތާ، މުހައްމަދު މަހްދީ (35 އ) އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެމުން މަހްދީގެ ދައްތަ އައިމިނަތު އަރުޝީ ބުނީ މަހްދީ އިއްޔެގެ ވަގުތެއްގައި އިންޑިއާ އަށް ދިޔައީ ބައްޕައާއި ޅިޔަނަކާ އެކު ކަމަށެވެ.

އަރުޝީ ބުނި ގޮތުގައި މަހްދީ އަކީ ނަފްސާނީ މައްސަލައެއް ކަމަށްވާ "ބައިޕޯލާޑިސްއޮޑާގެ ސީރިއަސް" ހާލަތެއްގައި ހުރި ކޮއްކޮއެއް ކަމަށެވެ.

މަހްދީ ގެއްލުނީ މިއަދު ހެނދުނު ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގެ ޑޮކްޓަރަށް ދެއްކުމަށްފަހު ހޮސްޕިޓަލް ތެރެއިން ކަމަށްވެސް އަރުޝީ ބުނެފައިވެ އެވެ.

"އަސްލު މަހްދީ ބައިޕޯލާޑިސްއޮޑާއަށް ފަރުވާކުރާތާ ހަތަރު އަހަރުވެއްޖެ. ބައެއް ފަހަރު ބޭހަށްވެސް ނުގުޑާ. މިއަދުވެެސް ޑޮކްޓަރަށް ދެއްކުމަށްފަހު ހިތްހަމަނުޖެހިގެން އުޅުމަށްފަހު އެތަނުން ބައެއް މީހުންނަށްވެސް އޭނާ ނުހިފެހެއްޓި އެ ދިޔަ ގޮތަށް ގެއްލިފައި ވަނީ. އަދި ހަބަރެއް ނުވޭ،" އަރުޝީ ބުންޏެވެ.

މަހްދީ ގެއްލުމާ ގުޅިގެން އާއިލާ އިން ވަނީ އިންޑިއާ ފުލުހުންނާއި ދިވެހިން ފުލުހުންނާއި ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް އެ މައުލޫމާތު ހިއްސާކޮށްފަ އެވެ. މަހްދީގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 7889180 ނަންބަރު އަދި 7971667 ނަންބަރަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށްވެސް އާއިލާ އިން ވަނީ އެދިފަ އެވެ.