މަތިވެރި

މަތިވެރިން މީހަކު ގެއްލިގެން ހޯދަނީ

Feb 1, 2023

އއ. މަތިވެރިން އުމުރުން 65 އަހަރުން މަތީގެ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

މަތިވެރިން އަވަސް އަށް މައުލޫމާތު ދިން މީހަކު ބުނީ ހަސަން އަލީ ނަމަކަށް ކިޔާ މީހާ ގެއްލިގެން ހޯދަނީ ރޭގެ މަޣުރިބް ނަމާދށް ފަހު އެއްވެސް ހަބަރެއް ވެފައި ނުވާތީ ކަމަށެވެ.

މައުލޫމާތު ދިން މީހާ ބުނީ ހަސަން އަކީ އާންމުކޮށް މޫދަށް އެރިގެން މަސް ހިފާ މީހެއް ކަމަށެވެ.

"ރަށުގެ ބައެއް މީހުން ބުނޭ އިއްޔެވެސް އޭނާ ގޮނޑޮދޮށުން ފެނުނު ކަމަށް. އެހެންވެ މިހާރު ގޮނޑުދޮށާއި މޫދުވެސް ދަނީ ބަލަމުން ފެނޭތޯ،" އޭނާ ބުންޏެވެ.

ހަސަން އަކީ އުމުރުން ދޮށީ މީހެއް ނަމަވެސް އެ އުމުރުގެ މީހަކާ ބަލާއިރު ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއް ކަމަށްވެސް މައުލޫމާތު ދިން މީހާ ބުނެފައިވެ އެވެ.