އެމްޑީޕީ

އައްޑޫގެ ޕީޕީއެމްގެ ކައުންސިލަރު ފައިސަލް އެމްޑީޕީއަށް ސޮއިކުރައްވައިފި

Feb 2, 2023
1

އައްޑޫ ސިޓީގެ ޕީޕީއެމްގެ ކައުންސިލަރު މުހައްމަދު ފައިސަލް އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

ކައުންސިލަށް ޕީޕީއެމްގެ ޓިކެޓްގައި ފައިސަލް ހޮވުނީ ފޭދޫ މާދެލަ ދާއިރާ އަށެވެ.

ފައިސަލް އެމްޑީޕީއަށް ސޮއި ކުރެއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވި އެެވެ.

ފައިސަލް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޑޫ ސިޓީގައި ޕީޕީއެމްގެ ފިކުރު ދިރުވަން ވަރަށް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އައްޑޫގައި ޕީޕީއެމްގެ ފިކުރު އެންމެ ވަރުގަދައީ ވެސް ފައިސަލް ތަމްސީލް ކުރައްވާ ފޭދޫ ދާއިރާގަ އެވެ.

އައްޑޫ ސިޓީ އަކީ ވެރިކަން ކުރާ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލެކެވެ.