މޯލްޑިވްސް ޕޮލިސް ސާވިސް

ވެލާ ފަޅައިގެން ކައްކަން ތިއްބާ ފަޅާއަރައިފި

Feb 4, 2023

ބ. އަތޮޅުގެ ކެޔޮދޫގައި ވެލާ ފަޅައި ކައްކަން ތިބި ބަޔަކު ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުން ކެޔޮދުއަށް އެރީ އެރަށުގައި ވެލާ ފަޅައިގެން ކައްކާ ކަމަށް ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެންނެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު 4:38 ހާއިރު ލިބުނު މައުލޫމާތާ ގުޅިގެން ފަޅު ރަށަށް ގޮސް ބަލަންޖެހޭ ކަންކަން ބެލި ކަމަށެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހަޅައި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަަށްވެސް ފުލުހުން ބުންޏެވެ.

މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ނުބުނެ އެވެ. ނަމަވެސް އަވަސްއަށް އެނގިފައިވާ ގޮތުގައި ފުލުހުން ކެޔޮދުއަށް ދިޔައިރު ވެލާ ގެންގުޅުނު މީހުން ތިބީ ތެޔޮކުނޑި ހާނާށެވެ.

ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކަހަނބުގެ ހުރިހާ ބާވަތެއް ރާއްޖޭގައި ވަނީ ހިމާޔަތްކޮށްފަ އެެވެ.