އެޓާނީ ޖެނެރަލް

މާދަމާ މަޖިލިސް ފެށުމާއެކު މިދައުރަށް 23 ބިލެއް ހުށަހަޅަނީ

Feb 5, 2023
1

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ގަސްދުކުރާ ބިލްތަކުގެ މައުލޫމާތު ހިމެނޭ ލިސްޓެއް މަޖިލީހަށް ފޮނުވައިފި އެެވެ.

ބަންޑާރަނައިބްގެ އޮފީހުން މިއަދު ބުނީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް 23 ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

ބިލްތަކުގެ ނަންތައް ވެސް ބަންޑާރަނައިބް އޮފީހުން މިއަދު ވަނީ ހާމަކޮށްފަ އެވެ.

މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅާ ބިލްތައް

  • ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް
  • ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  • ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލު
  • އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ހައްޖާއި އުމުރާގެ ބިލު
  • ކުޅިވަރު ގާނޫނަށް އިސްލާހުގެ ނައުމުގެ ބިލު
  • އިސްރަށްވެހިންގެ ބިލު
  • ފޮރިން އިންވެސްޓްމަންޓްގެ ބިލު
  • އިންޑަސްޓްރިއަލް ރިލޭޝަން ބިލު
  • މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު
  • އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު
  • ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ތެރޭގައި ޖޭއެސްސީ އަލުން އެކުލަވާލުމަށްޓަކައި ގާނޫނުއަސާސީއާއި ޖޭއެސްސީގެ ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަން ފާހަގަކުރެވެ އެވެ. އަދި ރާއްޖޭގައި ބާއްވާ އިންތިހާބުތަކާ ގުޅޭ ގާނޫނުތައް އިސްލާހު ކުރަން ނިންމާފައިވާ ކަންވެސް ފާހަގަކުރެވެ އެެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ -- އެމްޑީޕީގެ ތެރޭގައި އޮތް ބޮޑު ބައިބައިވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތަކަށް ސަރުކާރުން ހުށަހަޅާ ބައެއް މައްސަލަތަކާއި ބިލްތައް ފާސްކުރުމަށް ކުރިއަށް ވުރެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ އެވެ.