ގދ. ނަޑެއްލާ

މަސް ހިފަން މޫދުގައި އުޅުނު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

Feb 5, 2023

ގދ. ނަޑެއްލާގައި އުމުރުން ދުވަސްވީ މީހަކު މޫދުގައި މަސް ހިފަން އުޅެނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 68 އަހަރުގެ އަބްދުﷲ އިބްރާހިމް ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން ބުނީ މިހާދިސާގެ މައުލޫމާތު މިއަދު މެންދުރު ރިޕޯޓްކޮށްފައިވާތީ ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އަވަސް އަށް މައުލޫމާތު ދެއްވި ނަޑެއްލާ މީހަކު ބުނީ އަބްދުﷲ އަކީ ފަތިހުގެ ވަގުތުތަކުގައި އާންމުކޮށް ދާ އަޅައިގެން މަސް ހިފާ މީހެއް ކަމަށެވެ. މިއަދުވެސް އޭނާ ދިޔައީ ދާ ހިފައިންގެ މަސް ހިފަން ކަމަށާއި ހަބަރެއް ނުވެ ގިނައިރުވެގެން ހޯދިއިރު ފެނުނީ މަރުވެފައި އޮއްވާ ކަމަށްވެސް އޭނާ ބުންޏެވެ.

އަބްދުﷲގެ ހަށިގަނޑު ފެނުމާ އެކު ނަޑެއްލާގައި ހުންނަ ސިއްހީ މަރުކަޒަށް ގެންދެވުނު ކަމަށާއި ނަމަވެސް އޭރުވެސް އޭނާ މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ބުނި ކަމަށްވެސް މައުލޫމާތު ދިން މީހާ ބުނެފައިވެ އެވެ.