ފިނިޕޭޖް

"ދަ ޕްރީމާ ޑޯނާ"ގައި ޓޯނީ ކޮލެޓް އާއި އޮޑެސާ ޔަންގް

ޓޯނީ ކޮލެޓް އާއި އޮޑެސާ ޔަންގް "ދަ ޕްރީމާ ޑޯނާ" ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.

މި ދެ ތަރިން ވަނީ މީގެ ކުރިން އެޗްބީއޯގެ "ދަ ސްޓެއާކޭސް" ސީރީޒްގައި މަސައްކަތްކޮށްފަ އެވެ.

ނޭތަން ސިލްވާ ޑައިރެކްޓް ކުރާ "ދަ ޕްރީމާ ޑޯނާ" އަކީ "ޓްވިސްޓަޑް އަދި ޑާކްލީ ފަނީ ރިވެންޖް ތްރިލާ" އެއްގެ ގޮތުގައި ލޭބަލްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމްގެ ސްކްރިޕްޓް ލިޔެފައިވަނީ ނޭތަން އާއި ސީ. މޭސަން ވެލްސް އެވެ.

މި ފިލްމުގެ ޕްލޮޓަށް ބަލާއިރު މައްސަލަތައް ބޮޑު އާއިލާއެއްގެ ތެރޭގައި، އެމްބިޝަންގެ ނުރައްކަލާ އެކު ދުނިޔެ މަތީގައި އެމީހެއްގެ ނިޝާން ދޫކުރުމަށް މަސައްކަތްކުރާތަން ފެންނާނެ އެވެ.

މިގޮތުން މި ފިލްމުގައި ޓޯނީ ކުޅޭނީ ލެޖެންޑަރީ އޮޕެރާ ޑީވާއެއް ކަމުގައިވާ ލިވިއާ އެންޖެލީގެ ރޯލެވެ.

ލިވިއާގެ ހަޔާތުގައި އެންމެ މުހިއްމު ރޯލު އަދާކުރުމަށް ތައްޔާރުވަމުން ދަނިކޮށް، ލިވިއާގެ މައްސަލަ ޖެހިގެން ގުޅުން ކަނޑާލާފައިވާ ދަރިފުޅު މިމީ ރީހެބުން ނިކުމެ، ލިވިއާގެ ގެއަށް އާދެ އެވެ. މިމީވެސް ލަވަކިއުމަށް ޝައުގުވެރިކަން ހުރުމުން، ހިތްވަރުކޮށްފައި ލިވިއާގެ އަންޑަސްޓަޑީއަށް ވެވިދާނެތޯ ސުވާލު ކުރެ އެވެ. އަދި އެ ސުވާލަށް ލިވިއާ ދިން ޖަވާބަކީ މަލާމާތުގެ ހިނިގަނޑަކާއި ނިންމުމެކެވެ. އެކަމުގެ ސަބަބުން މިމީ ބޭނުން ވަނީ ލިވިއާ ގާތުން ބަދަލު ހިފުމަށެވެ. އެހެންނަމަވެސް ލިވިއާ އަކީ ޒާތްޒާތުގެ ކުޅިވަރު ކުޅެވޭނެ އާދައިގެ އަންހެނެއް ނޫނެވެ. މިމީގެ ރޯލު އަދާކުރާނީ އޮޑެސާ އެވެ.

"ދަ ޕްރީމާ ޑޯނާ"ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު ހިސާބުގައި، އިޓަލީގެ ރޯމްގަ އެވެ.