ޖިންސީ ގޯނާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފި

Feb 7, 2023

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މި މީހާ މިއަދުގެ ވަގުތެއްގައި ހައްޔަރުކުރީ ޗާންދަނީ މަގުގައި ހުންނަ ޖަލާލުއްދީން މިސްކިތުގެ ވުޟޫ ކުރާ ބައިގައި ހުރެގެން ކުޑަ ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ކަމުގެ ތުހުމަތުގަ އެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 10 އަހަރުން ދަށުގެ ފިރިހެން ކުއްޖާއަށް ބިދޭސީ މީހާ ވަނީ އެކި ދުވަސް މަތިން ޖިންސީ ގޯނާވެސް ކޮށްފަ އެވެ.

ފުލުހުން ހައްޔަރުކުރި ބިދޭސީ މީހާ އަކީ ޖަލާލުއްދީން މިސްކިތުގައި މަސައްކަތު މީހެއްގެ ގޮތުގައި މަސަައްކަތް ކުރަމުން ދިޔަ މީހެކެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ބިދޭސީ އަކު ހައްޔަރުކޮށް ފުލުހުން ގެންދަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.