ހަބަރު

ރައީސް ޔާމީން އައްޑޫ ސިޓީއަށް ފުރާވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އައްޑޫ ސިޓީއަށް މިއަދު މެންދުރު ފުރާ ވަޑައިގެންފި އެވެ. ރައީސް އައްޑޫއަށް ފުރާވަޑައިގަތީ މޯލްޑިވިއަންގެ އެއާބަސް މަރުކާގެ ބޯޓްގަ އެވެ.

ރައީސް އައްޑޫއަށް ވަޑައިގަންނަވަނީ މިނިވަން 59ގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް ޝަރަފުވެރިކޮށް ދެއްވުމަށެވެ. މިއަދު ހަވީރު އޮންނަ ފައިނަލް މެޗްގައި ބައްދަލު ކުރަނީ ގދ. ފަރެސްމާތޮޑާ ޓީމާއި ސ. ފޭދޫ އެވެ.

ރައީސް މިއަދު އައްޑޫއަށް ފުރާވަޑައިގެންފައިވާއިރު އެނބުރި މިއަދު މާލެ ވަޑައިގަންނަވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.