ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖިމެއް ހުޅުވައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖިމެއް ހުޅުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ އިމާރާތުގެ 12 ވަނަ ފަންގިފިލާގައި މި ޖިމް މިއަދު ހުޅުވައިދެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މި ޖިމްއަކީ ޕާކިސްތާނު ސަރުކާރުގެ ހިލޭގައި ގާއިމުކުރި ޖިމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި މިވަގުތު މި ޖިމް ބޭނުން ކުރެވޭނީ މަޖިލީހުގެ މެންބަރުންނާއި އިދާރާގެ މުވައްޒަފުންނަށެވެ.

ޖިމްގައި ބެންޗްޕްރެސް އާއި ވެއިޓް ޓްރެއިނިން އަދި ޓްރެޑްމިލް ހުރެ އެވެ.