ހަބަރު

ނާޒިމްގެ ބޭސްފަރުވާއަށް އިތުރު ދެ މަސް ދީފި

Jan 27, 2016

އުމުރު ދުވަހުގެ ޖަލު ހުުކުމެއް ފުރިހަމަ ކުރައްވަމުން ގެންދެވި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ސިންގަޕޫރުގައި މިހާރު ހޯއްދަވަމުން ގެންދަވާ ބޭސްފަރުވާގެ މުއްދަތު އިތުރު ދެ މަހަށް ދިނުމަށް ކަރެކްޝަނަލް ސާވިސްއިން ނިންމައިފި އެވެ.

ކޮމިޝަނަރު އޮފް ޕްރިޒަންސް ހުޝާމް މިއަދު ވިދާޅުވީ، ނާޒިމްގެ ބޭސްފަރުވާއަށް އިތުރު މުއްދަތު ބޭނުންވާ ކަމަށް ހުށަހެޅުމުން މެޑިކަލް ބޯޑުން ނިންމާފައި ވަނީ، މާޗް މަހުގެ 31 ގެ ނިޔަލަށް އެ މުއްދަތު އިތުރު ކޮށްދިނުމަށް ކަމަށެވެ. ނާޒިމް މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ސިންގަޕޫރަށް ބޭސް ފަރުވާއަށް ވަޑައިގަތުމަށް ފަހު، މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކަރެކްޝަންސް އިން ވަނީ އޭނާގެ އެދުމަށް ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފަ އެވެ.

ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް ނާޒިމް މައްޗަށް އިއްވާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

ނާޒިމް ފަރުވާ ހޯއްދަވަމުން ގެންދަވަނީ ހިތުގެ މައްސަލައެއްގައި ކަމަށް އެނގިފައިވެ އެވެ.