ބޭރު ކުޅިވަރު

ފައިނަލުގައި ލިވަޕޫލާއި މެންޗެސްޓާ ސިޓީ

އެވަޓަން 4-3އިން ބަލިކޮށް، އިނގިރޭސި ކެޕިޓަލްވަން ކަޕް ފައިނަލަށް މެންޗެސްޓާ ސިޓީ ރޭ ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ރޭ ކުޅުނު މެޗު 3-1އިން ކާމިޔާބު ކުރީ ސިޓީ އެވެ. މެޗުގެ 18 ވަނަ މިނިޓްގައި ރޮސް ބާކްލޭ ލަނޑު ޖަހާފައިވަނިކޮށް ސިޓީ އަށް ލަނޑުތައް ޖަހައިދިނީ ފާނާންޑީނިއޯ އާއި ކެވިން ޑެބްރޫނޭ އަދި ސާޖިއޯ އަގުއެރޯ އެވެ. މީގެ ތެރެއިން ޑެބްރޫނޭ އަށް އަނިޔާގެ އޭނާ ވަނީ ބާލައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ އަށް ލިބުނު އަނިޔާގެ ކުޑަބޮޑުމިން އެނގޭނީ މިއަދުގެ ޓެސްޓްތަކަށް ފަހު އެވެ.

އެވަޓަންގެ ކޯޗު ރޮބާޓޯ މާޓިނޭޒް މެޗަށް ފަހު ބުނީ ރެފްރީގެ ނިންމުންތަކަށް އިހްތިރާމްކުރަން ޖެހޭ ކަމަށާއި ނަމަވެސް އެވަޓަން ފައިނަލަށް ދާން ޖެހޭ ކަމަށެވެ.
"މިއީ ވަރަށް ހިތްދަތިވި ނަތީޖާއެއް. އެމީހުން ގޯލު ޖެހީ ބޭރުވެފައި އޮތް ބޯޅައަކުން. ރެފްރީގެ ނިންމުންތަކަށް އިހްތިރާމްކުރަންޖެހޭ. އެކަމަކު ވެސް ނިންމުންތަކާމެދު ހިތްހަމަނުޖެހޭ. އަހަރުމެން ފައިނަލް ކުޅުން ހައްގު،" ކޯޗު ބުންޏެވެ.

މި ދެ ޓީމު ސެމީގެ ފުރަތަމަ މެޗުގައި ކުޅުނު މެޗު އެވަޓަން ކާމިޔާބު ކުރީ 2-1އިންނެވެ. މުބާރާތުގެ ފައިނަލުން ލިވަޕޫލް ރޭ ޖާގަ ހޯދީ ޕެނަލްޓީ ޖަހައިގެން ސްޓޯކް ސިޓީ ބަލިކޮށްފަ އެވެ.

ސިޓީ އާއި ލިވަޕޫލްގެ ފައިނަލް މެޗު އޮންނާނީ ފެބްރުއަރީ މަހުގެ 28ގަ އެވެ.