މޯލްޑިވްސް ޕޮލިސް ސާވިސް

ސަލާން ޖަހަމުންދިޔަ ޖަޕާން މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި

މާލޭގައި ސަލާން ޖަހަން އުޅުނު ޖަޕާން އަންހެން މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

މާލޭ މަގުމަތީގައި ސަލާންޖަހަން އުޅޭ ޖަޕާން އަންހެނެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހެއްގެ ފޮޓޯ އާއި ވީޑިއޯ އާންމުވި އެވެ.

ފުލުހުން ބުނީ އެކަން ސަމާލުކަމަށް އައުމުން ފުލުހުންގެ ބެލުމުގެ ދަށަށް އެ މީހާ ގެނެސް މައުލޫމާތު ސާފުކުރި ކަމަށެވެ. އެއަށްފަހު އެ މީހާ އިމިގްރޭޝަނާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.

ކާނެ އެއްޗެއް ހޯދުމަށާއި ބޭސްފަރުވާ ކުރުމަށް އެދި ޖަޕާންގެ އެ މީހާ ފައިސާ ހޯދާ ކަމަށް އޭނާއާ ދިމާވި ބައެއް މީހުން ވަނީ ބުނެފަ އެވެ.

އޭނާއަކީ ދިވެއްސަކާ ކައިވެނިކޮށް މާލޭގައި ދިރިއުޅޭ މީހެއް ކަމަށްވެސް ބައެއް މީހުން ގާތު ބުނެފައިވެ އެވެ.