ބޮލީވުޑް

ސަލްމާން އިއުލިއާ އަށް ލޯބިން ކިޔާ ނަން އިނގޭތަ؟

Jan 29, 2016

ސުޕަސްޓާ ސަލްމާން ޚާންގެ ކެރިއަރު ކިތަންމެ ކާމިޔާބު ނަމަވެސް އޭނާއަކީ ލޯބީގެ ގޮތުން ވަރަށް ބަދު ނަސީބު މީހެކެވެ. މިހާތަނަށް ބޮލީވުޑްގެ ނަން މަޝްހޫރު އަދި ރީތި ބަތަލާއިންނާ ސަލްމާން ލޯބީގެ ގޮތުން ގުޅިފައިވީ ނަމަވެސް އެއިން އެއްވެސް ގުޅުމެއް މާގިނަ ދުވަހު ދެމިއޮންން ގޮތް ވަނީ ނުވެފަ އެވެ.

އެންމެފަހުން ބަތަލާ ކެޓްރީނާ ކައިފް އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، ކެޓްރީނާއާ ރުޅިވި ފަހުން ސަލްމާން ލޯބީގެ ގޮތުން ބޮލީވުޑްގެ ބަތަލާއަކާއި ގުޅިފައެއް ނުވެ އެވެ. ކެޓްރީނާއާ ރުޅިވިފަހުން ހަލާކުވެފައިވާ ސަލްމާންގެ ހިތުގައި ބޭސް އަޅައިދީފައިވަނީ ރުމޭނިއާގެ ޓީވީ ތަރިއެއް ކަމަށްވާ އިއުލިއާ ވަންތޫރް އާއެވެ.

ސަލްމާންގެ ހިތުގައި އިއުލިއާ އަށް ދެވިފައިވަނީ ހާއްސަ މަގާމެއް ކަން އޭނާ އިލޫލިއާއާ މެދު ބަހައްޓާ ގާތްކަމުން އެނގޭއިރު، ސަލްމާން އޭނާއަށް ލޯބިން ކިޔާ ހާއްސަ ނަމެއްވެސް އޮވެ އެވެ.

ސަލްމާންގެ އުފަންދުވަހުގެ ޕާޓީގައި ބައިވެރިވި ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ސަލްމާން ލޯބިން ލޫލިއާއަށް ކިޔަނީ "ޔޫ"
އެވެ. ސަލްމާނަކީ ރޮމޭންޓިކް މީހެއްކަން މީގެކުރިން އޭނާ ލޯބީގެ ގޮތުން އެހެން ތަރިންނާއި ގުޅިގެން އުޅުނުއިރު ވަނީ ހާމަވެފަ އެވެ.

އިލޫލިއާ އާއި ސަލްމާން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދެއަހަރެއްހާ ދުވަސް ވެފައިވީ ނަމަވެސް މިދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަން ހާމަކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް ސަލްމާން އާއެކު އެކި އިވެންޓްތަކުންނާއި ހަފްލާތަކުން އަދި ސަލްމާންގެ އާއިލާގެ ބައެއް ޕާޓީތަކުން ވެސް އިއުލިއާ ފެންނަލެއް މިފަހަކަށް އައިސްވަނީ އިތުރުވެފަ އެވެ.

ޑިސެމްބަރު މަހުގައ ފާހަގަކުރި ސަލްމާންގެ 50 ވަނަ އުފަންދުވަހުގެ ޕާޓީގައިވެސް އިއުލިއާ ބައިވެރިވެފައިވާއިރު، އިންޑިއާ އަށް އޭނާ އަންނަ ކޮންމެ ފަހަރަކު ހުންނަނީ ވެސް ސަލްމާންމެންގެ ގޭގަ އެވެ. މިޕާޓީގައި ސަލްމާނާއެކު އިއުލިއާ ފެނުމުން ގިނަބަޔަކު ހައިރާންވިއިރު، މިޕާޓީގެ ގިނަ ފޮޓޯތައް އާންމުވިއިރު މިދެމީހުން އެކުގައި ނަގާފައިވާ ގިނަ ފޮޓޯތައް ވެސް ވަނީ އާންމުވެފަ އެވެ.

މިހާރު ސަލްމާން ކުޅެމުން އަންނަ "ސުލްތާން"ގެ ޝޫޓިންގައިވެސް އޭނާއާއެކު އިއުލިއާ ވަނީ ބައިވެރިވެފަ އެވެ. އަދި ވޭތުވެދިޔަ ހަފްތާގައި ނިމުނު ސަލްމާން ހުށަހަޅައިދިން "ބިގް ބޮސް"ގެ ނުވަ ވަނަ ސީޒަންގެ ގްރޭންޑް ފިނާލޭ އަށް ވެސް އިއުލިއާ ވަނީ ސަލްމާނާ އެކު ގޮސްފަ އެވެ.

ކޮންމެއަކަސް އިއުލިއާ ސަލްމާންގެ އުފަންދުވަހުގެ ޕާޓީގައި ބައިވެރިވުމުން ގިނަބައެއްގެ ހިތުގައި ވަނީ މިދެމީހުން
މިފަހުން ސަލްމާން އާއި އިލޫލިއާ އެންގޭޖްވިކަމުގެ އަޑުތަކެއް އެރި ނަމަވެސް އެވާހަކަތައް ސަލްމާންވަނީ ދޮގުކޮށްފަ އެވެ. ނަމަވެސް މިހާރު ސަލްމާންގެ ފޭނުން އިންތިޒާރުކުރަމުން ދަނީ އޭނާ ކައިވެނި ކުރާނެ ދުވަހަކަށެވެ.