ހަބަރު

ޝުމްބާގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން "ފިނިފެންމާ" ލޯންޗުގައި ބޮން ގޮއްވުމާ ގުޅިގެން ފެށި ތަހުގީގުގައި ސްރީލަންކާއިން ހައްޔަރު ކުރި އަހުމަދު އަޝްރަފް މަޝްހޫރު ނަމުން ނަމަ، ޝުމްބާ ގޮންގް ގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ގަފޫރުގެ ވަރަށް ގާތް މީހެއް ކަމަށްވާ ޝުމްބާގެ ބަނދަށް އިތުރު ހަތް ދުވަސް ޖަހައިފަވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. މީގެ ކުރިން ޝުމްބާގެ ބަންދަށް ވަނީ 10 ދުވަހުގެ ގެ މުއްދަތެއްދީފަ އެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ޝުމްބާ އަށް ތުހުމަތު ކުރެވޭ މައްސަލަ އަކީމީހަކަށް މަރުގެ އިންޒާރު ދިނުމެވެ. އަދި މިމަހު 11 ގައި ވަނީ މިމައްސަލާގައި އޭނާ މައްޗައް ދައުވާ ކުރަން ފޮނުވައިފަ އެވެ.

ރިޔާސީ ލޮންޗްކޮޅުގެ ހަމަލާއާ ގުޅިގެން އިންކްއަރީ ކޮމިޝަނުން ހޯދުމަށް އިއުލާންކުރި އަށް މީހުންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ޝުމްބާ އެކަންޏެވެ. އެ މައްސަލައިގައި ތުހުމަތުކުރެވިގެން ފުލުހުން ހޯދާ އެންމެންނަކީ ވެސް ކުރީގެ ނައިބު ރައީސްއާ ވަރަށް ގާތް މީހުންނެވެ.