ޝޫ ޕާކް

މަޝްހޫރު ގިނަ ބްރޭންޑްތަކާއި އެކު ޝޫ ޕާކުގެ އާ ފިހާރަ ހުޅުވައިފި

1

ރާ އްޖޭގައި އެންމެ މަޝްހޫރު ބޫޓު ފިހާރަތަކުގެ ތެރޭގައި ހިމެނޭ ޝޫ ޕާކުން, ގިނަ ބްރޭންޑް ތަކަކާއި އެކު އާ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

ފުޓްވެއާ ވިޔަފާރީގައި 20 އަހަރުގެ ތަޖުރިބާ ހުރި ކުންފުނިން މާވެޔޮ މިސްކިތް ކައިރިން ކޯރު ކެނޑި މަގުގައި އަލަށް ހުޅުވި ފިހާރަ އިން މަޝްހޫރު 15 ބްރޭންޑެއްގެ ޕްރޮޑަކްޓް ލިބެން އެބަހުއްޓެވެ. އަދި ހުރިހާ އުމުރު ފުރައަކަށް ވެސް ހެޔޮވަރުގެ ބޫޓު އެ ފިހާރަ އިން ލިބޭނެ ކަމަށް ޝޫ ޕާކުން ބުނެ އެވެ.

ޝޫ ޕާކުގެ އާ އައުޓްލެޓުން ބެއިރާ ރިއޯ، މޮލެކާ، މޮޑާރޭ، ވިޒާނޯ، ބީއާރު ސްޕޯޓް، އިޕަނޭމާ، ރައިޑާ، ކާޓާގޯ، ރެޑްޓޭޕް އަދި ޕެގާޑާ ފަދަ މަޝްހޫރު ބްރޭންޑް ތަކުގެ ފޯމަލް އަދި ކެޝުއަލް ބޫޓު ލިބެން އެބަހުއްޓެވެ. އަދި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ޖޯމާ އާއި އެކްޓްވިޓާ ފަދަ މަޝްހޫރު ބްރޭންޑްތަކުގެ އެތުލެޓިކް ބޫޓު ލިބޭނެ އެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ކޮށް, މަޝްހޫރު މޮލެކިންހާ އާއި މޮލެކިންހޯ ބްރޭންޑްތަކުގެ ބޫޓު ޝޫ ޕާކުން ވިއްކާނެ އެވެ.

ބޫޓުގެ އިތުރުން ޝޫ ޕާކުން, ޕްރޯ ޕްރީމިއަމް ކެއާ ބްރޭންޑްގެ, ފުޓްވެއާ ކެއާ ޕްރޮޑަކްޓްތައް ވެސް ލިބެން އެބަހުއްޓެވެ. މި ޕްރޮޑަކްޓްތަކުގެ އެހީގައި ގިނަ ދުވަހަށް ބޫޓު ރަނގަޅު ހާލަތެއްގައި ބެހެއްޓޭނެ އެވެ.

"އަޅުގަނޑުމެންގެ އާ އައުޓްލެޓުން ކަސްޓަމަރުންނަށް ފަސޭހަ ޝޮޕިން ތަޖުރިބާއެއް ލިބިގެންދާނެ. އަދި ދުނިޔޭގެ އެންމެ މަގުބޫލު ބައެއް ބްރޭންޑްތަކުގެ އެންމެ ފަހުގެ ސްޓައިލްތައް ޝޫ ޕާކުން މިހާރު ލިބޭނެ," ޝޫ ޕާކުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހައިސަމް ވަޖީހު ވިދާޅުވި އެވެ.

ހައިޝަމް ވިދާޅުވީ ޝޫ ޕާކަކުން އަބަދުވެސް ކަސްޓަމަރުންނާއި ގާތުން, ހާއްސަ ހިދުމަތެއް ފޯރުކޮށްދިނުމާއި، އެންމެ މަތީ ފެންވަރުގެ ބޫޓާއި އެކްސެސަރީޒްގެ މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އާ ފިހާރަ އާއި އެކު ޝޫ ޕާކުގެ ވިޔަފާރި އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝޫ ޕާކުގެ އާ ފިހާރަ ހުޅުވިފައި ހުންނާނީ ހުކުރު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:30 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ރޭގަނޑު 10:30 އަށެވެ. ޝޫ ޕާކުން ލިބެން ހުރި ޕްރޮޑަކްޓްތަކާ ގުޅޭ އިތުރު މައުލޫމާތު 9988550 އަށް ގުޅުއްވައިގެން ސާފު ކުރެވޭނެ އެވެ.