ހަބަރު

ބޮޑު ބަޔަކަށް ފެތުރުނު ފަހުން ފަސްމަންދޫގައި ރޯވި އަލިފާން ނިންވާލައިފި

Jan 30, 2016
2

ރ އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ފަސްމަންދޫގައި، ރޯވި އަލިފާންގަނޑު ރަށުގެ ބޮޑު ބަޔަކަށް ފެތުރުނު ފަހުން އެކީ ނިންވާލައިފި އެވެ.

އެ ރަށާ އެންމެ ކައިރީގައި އޮންނަ، މަޑުއްވަރީ ކައުންސިލްގެ ރައީސް މިރޭ ވިދާޅުވީ ފަސްމަންދޫގައި ރޯވެފައި ހުރި އަލިފާންގަނޑު ނިންވާލީ ސިފައިންގެ ލަފާގެ މަތިން ރަށުގެ ރައްޔިތުން އެ ރަށަށް ގޮސް ކަމަށެވެ. އަދި އަލިފާން ރޯވިތާ ދެ ގަނޑިއެއްހާ އިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު އިރު، ރަށުގެ ތިން ބައިކުޅައެއްބައި އެކީ އަނދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ ރިސޯޓް ތަރައްގީ ކުރަން ދީފައި އޮތް ރަށެއް ނަމަވެސް އެ ރަށުގައި އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އެ ރަށް އޮންނަނީ މީހަކު ވެސް ނޫޅި ހުހަށެވެ. މަޑުއްވަރީގެ ބައެއް މީހުން އެ ރަށަށް ޕިކްނިކްދާ ކަމަށް ވެ އެވެ. އަލިފާން ރޯވާން ދިމާވި ސަބަބެއް ނޭނގެ އެވެ.