ދުނިޔެ

ޖަރުމަނުގައި ބަޑިޖަހައި ހަތް މީހަކު މަރައިފި

ޖަރުމަނުގެ ހެމްބާގު ސިޓީގައި ގޮތް ނޭނގޭ މީހަކު ބަޑިން ދިން ހަމަލާއެއްގައި ހަތް މީހަކު މަރުވެ -- ހަމަލާދިން މީހާ ވެސް މަރުވެފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދިނުމަށް ފުހުލުން ބޭއްވި ބައްދަލުވުމެއްގައި މިހާދިސާ ހިންގީ މީހުން ޖަމާވެ ފުރިފައި އޮތް ނަސޯރާއިންގެ ފައްޅިއެއްގައި ކަމަށް ބުންޏެވެ. އެހެން ނަމަވެސް، ހަމަލާދިން ސަބަބާ ބެހޭ ގޮތުން އޮފިޝަލުން ވާހަކައެއް ނުދެއްކި އެވެ.

މި ހަމަލާގައި މަރުވި މީހުންގެ އިތުރުން އެތައް ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ޖަރުމަނު ފަދައިން ޔޫރަޕްގެ ބައެއް ގައުމުތަކުގައި ގޮތް ނޭނގޭ މީހުން ބަނޑިން ހަމަލާދީ މީހުން މެރުން ވަނީ އިތުރުވެފަ އެވެ. އެ މީހުންގެ ޝަކުވާއެއް އޮތްކަން ނުވަތަ ކުރިން ޝަކުވާއެއް ކުރިކަންވެސް ރަސްމީ އިދާރާތަކުން ނުބުނެ އެވެ.

ފްރާންސްގައި ސަރުކާރުން ހުށަހެޅި ޕެންޝަން ބިލަކަށް މަޖިލީހުގައި ބަހުސްކުރުން ހުއްޓުވުމަށް އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ކުރަމުން ގެންދާ މުޒާހަރާތަކުގައިވެސް ވަނީ ބަޔަރު މަރުވެފަ އެވެ.

ޖަރުމަނުގައި އެ ގައުމުގެ ސަރުކާރުން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުން ކުށްވެރިކޮށް -- އެކަން އެގޮތަށް ނުކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.

އަދި ސަރުކާރުން އަޑުނާހައިފިނަމަ ގެއްލުން ބޮޑު ހާދިސާތައް ސަރުކާރުން ތަޖުރިބާކުރާނެ ކަމަށްވެސް އެއްވުންތައް އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ޔޫރަޕްގެ ސަރުކާރުތަކުން ޔުކްރޭން ހަނގުރާމާގައި ބައިވެރިވެ ހަތިޔާރު ފޯރުކޮށްދިނުމަކީ ތިންވަނަ ބޮޑު ހަނގުރާމައާ ދިމާއަށް ގައުމުތައް ގެންދިއުން ކަމަށް ބުނެ އާންމުން ވަނީ މަގުތަކަށް ނުކުމެ ޝުއޫރުފާޅުކޮށްފަ އެވެ.

ޔޫރަޕްގެ ސަރުކާރުތަކަކީ އާންމުން ތަމްސީލްކުރާ ބައެއް ނޫން ކަމަށްވެސް ޝުއޫރުފާޅުކުރާ މީހުން ބުނެ އެވެ.