ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ މާހެފުން ބާއްވާ ގަޑީގައި ނަޝީދުގެ މާހެފުމެއް

Mar 12, 2023
2

އެމްޑީޕީގެ މާހެފުމެއް މާދަމާ ރެއަށް އިންތިޒާމުކޮށްފައި ވަނިކޮށް އެމްޑީޕީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މާހެފުމެއް އިންތިޒާމުކޮށްފި އެވެ.

އެމްޑީޕީގެ މާހެފުމަކީ އެ ޕާޓީގެ މާލެ ދާއިރާތަކުން އެމްޑީޕީގެ އާންމު މެންބަރުންނަށް ދޭ މާހެފުމެކެވެ.

މި މާހެފުން ބޭއްވުމަށް ހަމަޖައްސާފައިވަނީ މާދަމާ ރޭ 8:00 އިން 10:00 އަށް އެމްޑީޕީގެ މައި ހަރުގޭގަ އެވެ.

ރައީސް ނަޝީދުގެ މާހެފުން ބޭއްވުމަށް ހަމަޖައްސާފައިވަނީ އެމްޑީޕީގެ ހަރުގެއާ ވަރަށް ކައިރީގައި ކާނިވާ ސަރަހައްދުގައި ހަދާފައިވާ ދޮންމަނިކު ސްކައިވިއުގަ އެވެ.

ރައީސް ނަޝީދު ކުރިއަށް ގެންދަވާ "ފިކުރެއްގެ ދިރުން" އިންތިޒާމު ކުރާ މި މާހެފުން ފެށުމަށް ހަމަޖައްސާފައިވަނީ މާދަމާ ރޭ 8:15 ގައެވެ.

އެމްޑީޕީއާއި ރައީސް ނަޝީދު ވެސް ގެންދަނީ ދެ ބައި މީހުން ވަކިން މާހެފުން ޕްރޮމޯޓް ކުރުމަށްޓަކައި ސޯޝަލްމީޑިއާގައި ހަރަކާތްތަކެއް ހިންގަމުންނެވެ.