ހަބަރު

ކުޑަކުދިންގެ ކަރާމާތް ގެއްލޭގޮތަށް ފޭސްބުކުން ވާހަކަ ދެއްކި މީހަކު ހޯދަނީ

ކުޑަކުދިންގެ ކަރާމާތް ގެއްލޭފަދަ ބޭއަދަބީ ބަހުރުވައިން ފޭސްބުކުން ޗެޓްކޮށް ވާހަކަ ދައްކާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނ ތަހުގީގު ކުރަމުންދާ ކުޑަކުދިންގެ ކަރާމާތް ގެއްލޭފަދަ ބޭއަދަބީ ބަހުރުވައިން ފޭސްބުކުން ޗެޓްކޮށް ވާހަކަ ދައްކާފައިވާ މައްސަލައަކާ ގުޅިގެން ސ. ފޭދޫ، ވިންޑްސްކްރީން، އިސްމާއިލް މާހިރު 30، ހޯދަނީ ތަހުގީގު ކުރާ މައްސަލާގައ އެހީތެރިކަން ފޯރުކޮށްދެވިދާނެކަމަށް ފުލުހުންނަށް ގަބޫލުކުރެވޭތީ ކަމަށާއި އެ މީހާ ހޯދަން މިހާތަނަށްކުރި މަސައްކަތުން ހޯދައި ނުފެނިފައިވާތީ ކަމަށެވެ.

މި މައްސަލާގައި ފުުލުހުން އިތުރު ތަފުސީލެއް ދީފައެއް ނުވެއެވެ. ނަމަވެސް އަވަސް އަށް އެނގިފައިވާ ގޮތުގައި ހޯދަން އިއުލާންކޮށްފައިވާ މީއަކީ މި މައްސަލާގައި ތުހުމަތުކުރެވޭ މީހާ އެވެ. ކުޑަކުއްޖެއްގެ ކަރާމާތް ގެއްލޭ ގޮތަށް އޭނާ ވާހަކަ ދައްކާފައި ވަނީ އޭނާގެ ނަމުގައި ފޭސްބުކްގައި ހަދާފައިވާ އެކައުންޓަކުންނެވެ.