ހަބަރު

ފުރަންދިޔަ ޓޫރިސްޓެއްގެ އަތުން ފިސްތޯލައަކާއި ވަޒަންތަކެއް ފެނިއްޖެ

ރާއްޖެ އައުމަށް ފަހު ފުރަން ދިޔަ ޓޫރިސްޓެއްގެ އަތުން ފިސްތޯލައަކާއި ހަތަރު މެގަޒިން ފެނިއްޖެ އެވެ. އެކަން ކަށަވަރުކޮށްދެއްވައި މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ކޮމިޝަނާ ޖެނެރަލް މުހައްމަދު ޖުނައިދު ވިދާޅުވީ "އެފަދަ ކަމެއް ހިނގާފައިވާތީ ބަލަމުންދާ" ކަމަށާއި އެ ތަހުގީގު ކުރިޔަށްދާތީ އިތުރު ތަފުސީލެއް އަދި ދެވެން ނެތް ކަމަށެވެ.

އަވަސްއަށް ކަށަވަރުވެފައިވާ ގޮތުގައި 9 އެމްއެމްގެ ފިސްތޯލައަކާއި ހަތަރު މަގަޒިން ފެނިފައި ވަނީ ރަޝިޔާއިން ރާއްޖެ އައި ޓޫރިސްޓް މީހާ ފިސްތޯއާއެކު ރާއްޖެ އެތެރެވުމަށްފަހު އެނބުރި ފުރައިގެން ދާން ގޮސް ހުއްޓަ އެވެ.

ރާއްޖެ އައި އެމީހާ ފުރަން މަސައްކަތްކޮށްފައި ވަނީ 28 ޖެނުއަރީގަ އެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ 14 ޖެނުއަރީގަ އެވެ. ފިސްތޯލަ އާއި މެގަޒިންތައް ފެނުނީ ފުރަން ގޮސް އެއާ ޕޯޓް ސިކެއުރިޓީން އޭނާގެ ލަގެޖް ޗެކް ކުރަނިކޮށެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.