ކ. ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނި ގޮތުގައި ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށްޓަކައި ވަށައިގެން ޖަހަންޖެހޭ ބަންޑް ވޯލް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އިންޑަސްޓްރިއަލް މައި ހަބެއްގެ ގޮތުގައި ތަރައްގީކުރާ ތިލަފުށި ހިއްކަން ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށެވެ.

ތިލަފުށި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ.
މިމަޝްރޫއުގެ ދަށުން 40 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.
ހިއްކާ ސަރަހައްދުން ސިނާއީ މަސައްކަތްތަކަށާއި ކުދި ވިޔަފާރިތަކަށް ވެސް ތަފާތު ބޭނުންތަކަށް ބިން ދޫކުރަން ވަނީ ނިންމާފަ އެވެ.
އަލަށް ހިއްކާ ބިމުގެ 60 ޕަސެންޓް ވިޔަފާރިތަކަށް ދޫކުރުމަށް ނިންމާފައިވާއިރު ބާކީ ބައި ބޭނުން ކުރާނީ މަގުތަކާއި އާއްމު އެކިއެކި ހިދުމަތްތަކަށެވެ.