އދ. ދިއްދޫ ކައުންސިލްގެ ރައީސް އިންތިހާބުކުރަން ވޯޓުލާން ފަށައިފި އެވެ.
އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
ދިއްދޫ ރައްޔިތުން ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ދިއްދޫއާއި މާލޭގައި ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.
ދިއްދޫ ކައުންސިލް ރައީސްގެ މަގާމު ހުސްވީ އެ ކައުންސިލް ރައީސް މަގާމުން އިސްތިއުފާ ދެެއްވުމުންނެވެ.
ދިއްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަނީ އަމިއްލަ ގޮތުން ވާދަކުރާ ދެ ކެންޑިޑޭޓުންނެވެ.
ދިއްދޫ ކައުންސިލް މެންބަރަކު އިސްތިއުފާ ދީފައިވާތީ ކައުންސިލަރު ހޮވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ދަނީ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.