މަރު

ޑިންގީއެއް ބަންޑުން ޖަހާލައި ލ އަތޮޅު ކައުންސިލަރަކު މަރުވެއްޖެ

Jan 31, 2016

މަހަށް ނިކުމެ އުޅެނުނު ޑިންގީ ބަންޑުންޖަހާލައި ގެނބިގެން ލ. އަތޮޅު ކައުންސިލަރަކު މަރުވެއްޖެ އެވެ. އެ ހާދިސާގައި މަރުވީ، މާވަށު ދާއިރާއިން ލ އަތޮޅު ކައުންސިލަށް އިންތިހާބުވެފައިވާ، އުމުރުން 33 އަހަރުގެ މުހައްމަދު އަބްދުއްރަހުމާން އެވެ. އޭނާ މަރުވީ ބަފާބެޔާ އެކު މަހަށް ނުކުމެ އުޅެނިކޮށެވެ.

ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާގައި ގެނބިގެން ލ. މވަށު މީހަކު މަރުވެފައިވާކަން ފުލުހުން ކަށަވަރުކޮށްދެ އެވެ. ފުލުހުން ބުނީ، މިރޭ ދެ މީހުންނާއެކު މާވަށުން މަހަށް ނުކުމެގެން އުޅުނު ޑިންގީއެއް ބަންޑުން ޖަހާލުމުން ގެއްލިގެން ހޯދަމުން ދިޔަ މީހަކު ލ. ގަމު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށެވެ. މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ މިރޭ 9:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.