ހަބަރު

ޓޫރިސްޓެއް އަތުން ފިސްތޯލަ ފެނުނު މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން

ރާއްޖެ އައުމަށް ފަހު ފުރަން ދިޔަ ޓޫރިސްޓެއްގެ އަތުން ފިސްތޯލަ ފެނުން މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ރާއްޖެއިން ފުރަން ދިޔަ ޓޫރިސްޓެއްގެ އަތުން ފެނިފައިވަނީ ހަމައެކަނި ފިސްތޯލަ ކަމަށެވެ.

ރަޝިޔާ އަށް ނިސްބަތްވާ އެޓޫރިސްޓް ރާއްޖެ އައިސްފައި ވަނީ 14 ޖެނުއަރީގަ އެވެ. ފިސްތޯލަ ފެނުނީ ފުރަން ގޮސް އެއާ ޕޯޓް ސިކެއުރިޓީން އޭނާގެ ލަގެޖް ޗެކް ކުރަނިކޮށެވެ.

ފުލުހުން ބުނީ މިމައްސަލަ ތަހުގީގް ކުރަމުންދާތީ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.