ޖިންސީ ގޯނާ

އެކި ފަހަރު މަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

އެކިފަހަރު މަތިން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޏ. ފުވަމުލަކުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީގޯނައި ކުރިކަމުގެ ތުހުމަތުގައި 53 އަހަރުގެ ފިރިހެނެއް އެ ރަށުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުންނެއް ނުދެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.