ދުނިޔެ

ފްރާންސާއެކު ގުޅުން ވަރުގަދަ ކުރަން ކިޔުބާގެ ރައީސް ޕެރިހަށް!

ފްރާންސާއި ކިޔުބާ އާއި ދެމެދު ހީނަރުވެފައި އޮތް ގުޅުން ވަރުގަދަކޮށް ބަދަހި ކުރަން ކިއުބާގެ ރައީސް ރައުލް ކާސްޓްރޯ ޕްރާންސަށް ވަޑައިގެންފި އެވެ. ކާސްޓްރޯ ވަޑައިގެންނެވީ ފްރާންސްގެ ވެރިރަށް ޕެރިހަށެވެ.

ކާސްޓްރޯގެ މި ދަތުރުފުޅުން ދުނިޔޭގެ ބޮޑެތި ބާރުތަކާއި ކިޔުބާއިން، ގުޅުން ބަދަހިކުރަން ބޭނުންވާ ކަން ހާމަވެގެންދާނެ އެވެ.

މި ދަތުރުފުޅުން ދެގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދާނެ ކަމަށް ފްރާންސްގެ ރައީސް ފްރާންސްވާ އޮލާންޑޭއާ ހަވާލާދީ އޮފިޝަލުން ވިދާޅުވެ އެވެ.

މިއީ ކިޔުބާގެ "އިމޭޖް" ރީތިކޮށް ބޭރު ދުނިޔޭގެ އެގައުމުގެ ކުލަ ގަދަކުރުމަށް ކާސްޓްރޯ ކުރައްވާ ދަތުރުފުޅެއް ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.

އަދި މިދަތުރުފުޅުގައި، ފަތުރުވެރިކަން، ދަތުރުފަތުރު ކުރުމާއި ފެއާ ޓްރޭޑް އިން ދެގައުމު ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށް ބެލެވެ އެވެ. އަދި އިކޮނޮމިކް ރޯޑް މެޕެއްގައި ސޮއިކުރާނެ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ކިޔުބާ އާއި ފްރާންސާއި ދެމެދު މިހާރު އޮތް ބައިލެޓްރަލް ޓްރޭޑްގެ އަގު 195 މިލިއަން ޑޮލަރަށް އަރައެވެ.