ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ މައްސަލަ މިއަދު ސުޕްރީމް ކޯޓްގައި

Feb 3, 2016

ހައިކޯޓުގައި އިސްތިއުނާފު ކުރި ނަޝީދުގެ ޖަލު ހުކުމުގެ މައްސަަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމި ނިންމުން ބާތިލް ކުރަން ޕީޖީ އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް އެ ކޯޓްގައި މިއަދު ތާވަލްކޮށްފި އެވެ. އެ މައްސަލައިގެ އަޑުއެހުން ބާއްވަނީ މިއަދު މެންދުރު ފަހު 3:00 ގަ އެވެ.

ނަޝީދުގެ މައްޗަށް ކޮށްފައިވާ، 13 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށްދިނުމަށް އެދި ނަޝީދުގެ ވަކީލުން ވެސް އެ ކޯޓަށް ހުށަހަޅާފައިވެ އެވެ. އެހެން ނަމަވެސް އެ މައްސަލަ ބަލައިގަތުމަށް އަދި ނިންމާފައެއް ނުވެ އެވެ. ނަޝީދު މި ވަގުތު ހުންނެވީ ބޭސް ފަރުވާއަކަށް އިނގިރޭސި ވިލާތުގަ އެވެ.