ރާއްޖެ ކުޅިވަރު

ބާސްކެޓުން ގޭމްސް ބޮއިކޮޓް ކުރަން އަންގައިފި

Feb 3, 2016

ހުކުރު ދުވަހު އިންޑިޔާގައި ފަށާ ދެކުނު އޭޝިޔާގެ އެންމެ ބޮޑު ކުޅިވަރުގެ މުބާރާތުގެ ބާސްކެޓް އިވެންޓް ބޮއިކޮޓް ކުރަން ދުނިޔޭގެ ބާސްކެޓް ޖަމިއްޔާއިން އަންގައިފި އެވެ.

މިހެންވެ ރާއްޖެ ވެސް މުބާރާތުގައި ބައިވެރިނުވާނެ އެވެ.

ބާސްކެޓް ބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އާރިފް ރިޒާ ވިދާޅުވީ މި ނިންމުމަކީ އިންޑިޔާގެ ފެޑަރޭޝަނާ މައްސަލަ ޖެހުމުން ނިންމި ނިންމުމެކެވެ.

"އޭގެ ތަފްސީލެއްނުލިބޭ. ސާބާއިން ބުނީމަ ކޮންމެ ގޮތެއްވިޔަސް ބައިވެރި ނުވެވޭނެ،" އާރިފް ވިދާޅުވި އެވެ.

ސާބާއިން މި ގޮތަށް އެންގި އިރު ބާސްކެޓް ޓީމު އަންނަނީ ތައިލެންޑްގައި ފަރިތަކުރަމުންނެވެ.