މޯލްޑިވްސް ޕޮލިސް ސާވިސް

ހައްޔަރުކޮށްފައި ހުއްޓާ ފިލި މީހަކު ހޯދަނީ

އއ. ރަސްދޫ ޕޮލިސް ސްޓޭޝަން އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ހުއްޓާ ފިލި މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އުމުރުން 25 އަހަރުގެ ދިވެހި ފިރިހެންމީހާ ފިލާފައިވަނީ އިއްޔެ އެވެ.

އެ މީހާ ޕޮލިސް ސްޓޭޝަންގެ ތަނެއް ފަޅާލައި ބައެއް ތަކެތި ގެންގޮސްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ.

ފިލި މީހާ ރަސްދޫ ޕޮލިސް ސްޓޭޝަން އިން އެއްވެސް އެއްޗެއް ގެންގޮސްފައިނުވާ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހާއަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.