އިމިގްރޭޝަން

ޕާސްޕޯޓް ހެދުމުގެ ހިދުމަތް މެދުކެނޑިއްޖެ

May 10, 2023

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޕާސްޕޯޓު ހެދުމުގެ ހިދުމަތް މެދުކަނޑާލައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޓެކްނިކަލް މައްސަލައެއްގައި ހިދުމަތް މެދުކެނޑިފައިވާތީ އަލުން ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަލުން ހިދުމަތް ދިނުމުގެ މަސައްކަތް މިއަދު ފެށޭނެ ކަމުގެ އުއްމީދެެއް ދީފައިވެ އެވެ.

އިމިގްރޭޝަނުން ޕާސްޕޯޓް ހެދުމުގެ ހިދުމަތް މެދުކެނޑިފައި މިވަނީ ސްކޫލުތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓު ހަދަން ހުށަހަޅާ އަދަދު ދެގުނަ އިތުރުވެފައި ވަނިކޮށެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު އިއްޔެ އަވަސް އަށް ވިދާޅުވި ގޮތުގައި މިދިޔަ މަހު އެވަރެޖުކޮށް ދުވާލަކު 160-170 ޕާސްޕޯޓު ހުށަހެޅެމުން ދިޔަ އެވެ. ނަމަވެސް މިދިޔަ ހަފުތާ ފެށުނު ފަހުން މިހާރު އެވަރެޖުކޮށް ދުވާލަކު 290-300 ޕާސްޕޯޓު ހުށަހެޅޭ ކަމަށް އޮފިޝަލް ވިދާޅުވެފައިވެ އެވެ.